ޚަބަރު

އަނީސްގެ ފިލްމުގައި ޝާހިދުގެ ޑަބަލް ރޯލު


ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރުގެ 20 އަހަރުގެ ފިލްމީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްމަކުން ފެންނަން ތައްޔާރުވެއްޖެއެވެ.

ދިލް ރާޖޫ ޕްރޮޑިއުސްކޮށްފައިވާ މި އައުޓް އެންޑް އައުޓް ކޮމިކް ކޮމާޝަލް އެންޓަޓެއިންމަންޓް ފިލްމުގައި ޝާހިދު ފެންނާނީ ޑަބަލް ރޯލުންނެވެ. ޝާހިދާއިއެކު މީގައި ދެން ފެންނާނީ ދެކުނު ތަރި އަދި މިހާރު ބޮލީވުޑް ފިލްމުތަކުން ފެންނަ ރަޝްމިކާ މަންދަން އެވެ.

ޑަބަލް ރޯލުން ޝާހިދު ފެންނައިރު ފެންނާނީ ވަރަށް ތަފާތު ދެ ލުކެއްގައެވެ. ރަޝްމިކާ އާއި ޝާހިދުގެ އިތުރުން ބޮޑު ކާސްޓެއް ހިމެނޭ މީގެ އިތުރު ތަރިން ވަރަށް އަވަހަށް އިޢުލާނުކުރާނެއެވެ. އަދި މި ފިލްމުގެ ނަންވެސް އަންނަ ޖުލައި މަހު ރަސްމީކޮށް އިޢުލާނުކުރާނެ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.

ކޮމެޑީ ފިލްމެއް ގޮތަށް ގެނެސްދޭ މީގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ދިލް ރާޖޫގެ އިތުރުން އެކްތާ ކަޕޫރަކީވެސް މި ފިލްމުގެ ޕްރޮޑިއުސަރެކެވެ.