މުނިފޫހިފިލުވުން

"އެކްސްޓްރެކްޝަން 2" ޖޫން 16ގައި، ޓްރެއިލާ މިއޮތީ


އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެކްޓަރު ކްރިސް ހެމްސްވޯތުގެ ފިލްމު "އެކްސްޓްރެކްޝަން 2" ގެ ޓްރެއިލާ އާންމުންނަށް ދޫކޮށްލައިފިއެވެ.

މި ފިލްމް ޕްރިމިއާކުރުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 16 ގައެވެ. ފިލްމުގެ ޓްރެއިލާއާއެކު ފިލްމުގެ ޕޯސްޓަތުރުތަކެއް ވެސް ވަނީ އާންމުކޮށްފައެވެ.


"އެކްސްޓްރެކްޝަން 2" އަކީ ނެޓްފްލިކްސް އިން 2020 ވަނަ އަހަރު ޕްރީމިއާކޮށް ބޮޑު ތަރުޚީބެއް ލިބުނު "އެކްސްޓްރެކްޝަން" ގެ ދެވަނަ ބައެވެ.

މި ފިލްމަކީ ސޭމް ހާގްރޭވް ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މީގެ ޕްރޮޑިއުސަރުންނަކީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ސީރީޒް "ސިޑަޓެލް" އާއި 2019 ވަނަ އަހަރު ދެއްކި "އެވެންޖާސް: އެންޑްގޭމް" ގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ރުސޯ އެވެ.