ފ. ފިލިތެޔޮ ކައިރިން ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ މި ތަކެތި ފެނުނީ ފިލިތެޔޮ ކައިރިއަށް މަސްތުވާތަކެތި ފައްތާފައި ހުރި ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފ. އަތޮޅު ފުލުހުން ހިންގި އޮޕަރޭޝަންގައިކަމަށެވެ. އަދި އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން ވިދާޅުވެއެވެ.
ނަމަވެސް ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއްކަމެއް ނުވަތަ ފެނުނީ ކޮން ބާވަތެއްގެ މަސްތުވާ އެއްޗެއްކަމެއްވެސް ފުލުހުން ހާމައެއް ނުކުރައްވައެެވެ.
ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.