ވިޔަފާރި

"ވޯލްޑް ޓްރެވަލް ފެއަރ" ގައި މަޓާޓޯއިން ބައިވެރިވަނީ


ފަތުރުވެރިކަމުގެ ދާއިރާގައި އެއްމެ ފާހަގަކޮށްލެވޭ ފެއަރތަކުގެ ތެރޭގައި ހިމެނޭ 'ވޯލްޑް ޓްރެވަލް ފެއަރ" ގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯ އިން ބައިވެރިވުމަށް ނިންމައިފިއެވެ.

'ވޯލްޑް ޓްރެވަލް ފެއަރ" އަކީ އަންނަ މޭ މަހުގެ ނަވާރައިން ބާވީހަށް ޗައިނާގެ ޝަންގްހާއީގައި ބާއްވާ ފެއަރ އެކެވެ. ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި އެއްމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ހިމެނޭ އެއް  ޤައުމު ކަމަށްވާ އިރު މިފެއަރ މެދުވެރިކޮށް ޗައިނާގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް އެހީތެރިވެދޭނެ ކަމަށް މަޓާޓޯއިން ދެކެއެވެ.

ވޯލްޑް ޓްރެވަލް ފެއަރގައި މިދިޔަ އަހަރު ހަތްސަތޭކަ ފަންސާހަށް ވުރެއް ގިނަ ފަރާތަކުން ބައިވެރިވެފައިވާ އިރު ސާޅީސްހާހަށް ވުރެއް ގިނަ މީހުން މި ފެއަރއަށް ޒިޔާރަތްކޮށްފައިވެއެވެ.