ޚަބަރު

ޗައިނާއާއި ރާއްޖޭގެ ޘަޤާފަތް ކުރިއެރުވުމަށް ޚާއްޞަ އެސޯސިއޭޝަނެއް


ޗައިނާއަކީ ދުނިޔޭގެ އާބާދީ އެއްމެ ބޮޑު ދެޤައުމުންކުރެ އެއްޤައުމެވެ. އެ ޤައުމަކީ އަމިއްލަ ބަހެއް އޮންނަ އަދި ޒަމާންވީ ވަރުގަދަ ޘަޤާފަހެއް އޮންނަ ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ޘަޤާފަތު ދިރުވުމާއި ޘަޤާފީ ރަނގަޅު ސިފަތައް ދެމެހެއްޓުމަށް އިސްކަންދޭ ރައްޔިތެއްގެ މައްޗަށް ބިނާވެފައިވާ ޤައުމެކެވެ. އެ ޤައުމުގައި ނުރަނގަޅު ސިފަތައް މަދުކުރުމުގައި ދެމިއޮތުމާއި އެކުވެރިކަމާއި އިޖްތިމާޢީ ގުޅުމާއި ބަދަހިކަމުގައި އެ ޤައުމުގެ ބަހާއި ޘަޤާފަތު މުހިންމު ދައުރެއް އަދާކުރެއެވެ.

ދިވެހިރާއްޖެއަކީވެސް އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް އަދި ރީތި ސިފަތަކެއް ލިބިގެން ޝަޤާފަތެއް އޮންނަ އަދި އެކަމުގެ ސަބަބުން ޖީލުތަކަށް ރަނގަޅު އާދަކާދަތައް ވާރުތަވަމުން އަންނަ ޤައުމެކެވެ. އިޙްތިރާމްކުރުމާއި ހިތްހެޔޮކަމާއި އަޅާލުމާއި ހިނިތުންވުމާއި އަދި ޘަޤާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަކީ ރާއްޖޭގައި މިހާރު ބާރުއެޅެމުން އަންނަ ކަންކަމެވެ. މިކަންކަމަށް ރާއްޖޭގެ ތަރައްޤީގެ މިސްރާބު ގެންދަނީ ބާރު އަޅަމުންނެވެ.

ދިވެހި ސަރުކާރުގެ ސިޔާސަތަށް ގެންނެވި ބަދަލުތަކަކާ ގުޅިގެން، ރާއްޖެއާއި އިތުރުމަތީގެ ޤައުމުތަކާއި އަވައްޓެރި އަދި ރާއްޖެ ހިމެނޭ ސަރަޙައްދުގެ ޤައުމުތަކާއެކު އޮންނަ ގުޅުންތައް އަންނަނީ ރަނގަޅުވަމުން. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ޤައުމުތަކުގެ ތެރޭގައި ޗައިނާ، ސަޢޫދީ ޢަރަބިއްޔާ ހިމެނެއެވެ. ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް އަންނަ ބޮޑެތި އެހީތައް ދެމުންނެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކީވެސް ޗައިނާއެވެ. މި ސަބަބުތަކާ ހުރެ ޗައިނާގެ ޘަޤާފަތު ދެނެގަތުމާއި ޗައިނާ ބަހަށް އަހުލުވެރިވުމަކީ ދިވެހިންނަށް މުހިންމު ކަމަކަށް ވަނީ ވެފައެވެ. ޚާއްޞަކޮށް، ފަތުރުވެރިންނަށް ޚިދުމަތްދިނުމާއި އެމީހުންނާ މުޢާމަލާތުކުރުމާއި ރާއްޖޭގެ ރީތިކަން ވިއްކުމުގައި މިކަމުގެ ބޭނުން ބޮޑެވެ.

މިފަދަ ކަންކަމުގެ މުހިންމުކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގައި މިވަނީ "ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން" އެއް އުފައްދާފައެވެ. މި އެސޯސިއޭޝަން އުފެއްދި ފަރާތްތަކުގެ އެންމެ މުހިންމު އަމާޒަކީ ދިވެހި ޘަޤާފަތުގެ މައްޗަށް ޗައިނާ މީހުން ޝައުޤުވެރިކުރުވުމެވެ. އަދި ދިވެހި ބަހާމެދު އެމީހުން ސަމާލުކަން އިތުރުކޮށް، ދިވެހިންނަށް ޗައިނާގެ ޘަޤާފަތު ފަރިތަކޮށްދިނުމެވެ. އަދި ދިވެހިންނަށް ޗައިނާގެ ބަސް ދަސްދިނުމަށް މަސައްކަތްކުރުމަކީވެސް މި ޖަމްޢިއްޔާގެ އެއް އަމާޒެވެ.

މި ޖަމްޢިއްޔާއިން ކުރާނެ މަސައްކަތްތަކުގެ ތަފްޞީލް ޕްލޭންތައް އަދި ހާމަކޮށްފައި ނުވިނަމަވެސް، އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ގުޅުންހުރި ފަރާތްތަކާއެކު އެކަށީގެންވާ މަސައްކަތްތަކެއް ކުރާނެކަމަށް ވަނީ ހާމަކޮށްފައެވެ. މި ޖަމްޢިއްޔާ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ، ދިވެހިސަރުކާރުގެ ސަފީރެއްގެ ގޮތުގައި ޗައިނާގައި ކުރިން މަސައްކަތްކުރެއްވި މުޙައްމަދު ރަޝީދެވެ. އޭނާ ވިދާޅުވީ މިއެސޯސިއޭޝަންއަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމުގައި އަދި ޚާއްޞަކޮށް ޘަޘާފަތާއި ބަހުގެ ގޮތުން ފަރިތަކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ޖަމްޢިއްޔާއެއްކަމަށެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގް ފޫކާން ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެޤައުމުގެ ސަޤާފީ ގުޅުން ބަދަހިކުރުމަށް މިއެސޯސިއޭޝަނުން ބޮޑު ދައުރެއް އަދާކުރާނޭކަމަށެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވި އިޤްތިޞާދީ ގުޅުންތައް ބަދަހިވަމުން އަންނަ ދަޑިވަޅެއްގައި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ސަޤާފީ ގާތްކަމް އިތުރުކުރުން މުހިންމުކަމަށް ޗައިނާގެ ސަފީރު ވިދާޅުވިއެވެ.

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނާއި ޔުނައިޓޑް އާރޓިސްޓްސް އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ބުރާސަފަތި ދުވަހުގެ ރޭގެ ރަސްމިއްޔާތުގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމަކީ ދެއެސޯސިއޭޝަން ގުޅިގެން ޗައިނާއާއި ރާޢްޖޭގެ ވިޒުއަލް އާރޓްސް ކުރިއެރުވުމަށް އެކިއެކި ރޮނގުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.