ކުޅިވަރު

ލީގުގެ އެންމެ ފުލުގައި އޮތް ޓީމް އަތުން ރިއާލް މޮޅުވެއްޖެ


ލަލީގާ ތާވަލްގެ އެންމެ ފުލުގައި އޮތް ލެވާންތޭ އަތުންރިއާލް މެޑްރިޑް މޮޅުވެއްޖެއެވެ. 

ސްޕެނިޝް ލަލީގާގައި ރޭ ރިއާލް މެޑްރިޑް ލެވާންތޭއާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރީ 3-1 ނެވެ. 

މެޗުގައި ފުރަތަމަ ގޯލްޖަހައި ކުރި ހޯދީވެސް ރިއާލް މެޑްރިޑުންނެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށްޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ލެވާންތޭގެ ގޯލްކީޕަރ ޑިއޭގޯ މެރީނޯ އަތުން ބައިކޮޅަށް ވަތް ލަނޑުން މެޗުގެ ނަތީޖާ ދޭއް ސުމަކަށް ބަދަލުވިއެވެ. އޭގެ މިނެޓެއްފަހުން ލެވާންތޭގެ ހަމައެކަނި ގޯލް ޖަހައިދިނީ ޑެވާރސަންއެވެ. މެޗުގެ އިތުރު ވަގުތުގައި ރިއާލްމެޑްރިޑުގެ ފަހު ލަނޑު ޖަހައިދިނީ އިސްކޯއެވެ. 

ލަލީގާގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު ވެލެންސިޔާވަނީ 2-1 ން މަލާގާގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ސެވިއްޔާ ވަނީ 1-0 ން އެއިބާރގެ މައްޗަށް ކުރިހޯދާފައެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އަދިވެސް ރިއާލް މެޑްރިޑްއޮތީ ލަލީގާ ތާވަލްގެ ތިންވަނާގައެވެ.