ޚަބަރު

ފިލައިގެން އުޅުނު މީހާ ރަސްދޫ ކައިރި ރަށެއްގެ ފަޅުތެރޭގައި އޮއްވާ ހައްޔަރުކޮށްފި


ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލައިގެން އުޅުނު މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

އއ.ރަސްދޫ ޕޮލިސް ސްޓޭޝަނުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރައްވައިހުޓައި ފިލާފައިވަނީ، އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން (25އ)އެވެ. ފުލުހުން ވިދާޅުވީ ރަސްދޫއާއި ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިން ޙުސައިން ޝަޙްބާން، ފެނިފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށާއި، އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެމީހާ އަކީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ފިލިމީހެއްކަމަށެވެ.

މި މައްސަލައާ ގުޅިގެން، ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅާލިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުން އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.