ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް މަޤާމުގެ މަސްޢުލިއްޔަތުން އެކަހެރިކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން ވިދާޅުވީ ޔޫސުފް ސިރާޖު މަޤާމުން އެކަހެރިކުރައްވައިފައިވަނީ ގަވަރނަންސްއާގުޅޭ މެނޭޖްމަންޓްގެ މައްސަލައެއްގައި ކަމަށެވެ.
ސިރާޖް މަޤާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރައްވައިފައިވަނީ ޖިންސީ ފުރައްސާރައާގުޅޭ މައްސަލައެއްގައި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރިނަމަވެސް ޕީސީބީން އެކަން ދޮގުކުރައްވައެވެ. އެ ބޯޑުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރާގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބައްލަވަމުން ނުގެންދަވާ ކަމަށާއި އަދި އެފަދަ ތުހުމަތެއް ވެސް ކޔރައްވައިފައި ނުވާކަމަށެވެ. އެ ބޯޑުން ބައްލަވަނީ ގަވަނަންސްއާ ގުޅޭ މެނޭޖްމަންޓް މައްސަލައެއް ކަމަށެވެ.
ޕީސީބީން ވިދާޅުވީ ސީރާޖު މަޤާމުން އެކަހެރިކުރެއްވީ އެފަދަ މައްސަލަތައް ބެއްލެވުމުގައި އެންމެ ރަނގަޅުގޮތަކީ އޭނާ މަޤާމުން އެކަހެރިކުރައްވައިން އެކަން ބެއްލެވުންކަމަށްވާތީ ކަމަށާއި މިހާރު 2 ހަފްތާގެ މުއްދަތަކަށް މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިނުގަންނަވާ ގޮތަށް މަސްއޫލިއްޔަތުން އެކަހެރިކުރައްވައިފައިވާ ކަމަށެވެ.