ގަހެއް ކަނޑަނިކޮށް ގޮފިގަނޑެއް ވިއްސައިގެން ގޮސް ޖެހި، މީހަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ ދެކުނުގެ ރިސޯޓެއްގައި، ގަހެއް ކަނޑަނިކޮށް ވިއްސައިގެން ގޮސް އެމީހާގެ ބޮލުގައި ޖެހި ބޮޑެތި އަނިތާކެއް ލިބުނުކަމަށެވެ. އަނިޔާތަކަށް ފަރުވާދިނުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު 09:03 ހާއިރުއެވެ. މީހާ މަރުވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށްކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ.
މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.