ކުޅިވަރު

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް މާދަމާ ފަށަނީ


މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ފުރަތަމަ މެޗްގައި އިސްކަންދަރު ސްކޫލާއި، ތާޖުއްދީން ސްކޫލް ބައްދަލުކުރަން ޖެހިއްޖެއެވެ.

މާދަމާ ހަވީރު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 10 ޓީމް ވަނީ ބައިވެރިވެފައެވެ. ދެ ގްރޫޕްކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިމަހުގެ 3-22 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ މި މުބާރާތް ކުރިއަށްދާނީ އޮންނާނީ ހެންވޭރު ދަނޑުގައެވެ. މި މުބާރާތް ކުރިއަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ހޯދާ ދެ ޓީމު ސެމީފައިނަލަށް ދާ ގޮތަށެވެ.