ދީން

ޑރ. ފަތުހީ ޙަސަން މަލްކަވީގެ ލެކްޗަރެއް ބާއްވައިފި


އިސްލާމިކް ޔުނިވަރސިޓީން އިންތިޒާމުކުރައްވައިގެން ޖޯޑަންގެ ޕްރޮފެސަރ ޑރ. ފަތުހީ ޙަސަން މަލްކަވީގެ ޚާއްޞަ ލެކްޗަރއެއް ޢާއްމުކޮށް ހުޅުވާލައިގެން އެ ޔުނިވަރސިޓީގައި ބާއްވައިފިއެވެ.

ރޭ ބޭއްވި ހާއްސަ ލެކްޗަރގައި ޑރ. ފަތުހީ ވާހަކަދައްކަވާފައިވަނީ "އިޓަރލެކްޗުއަލް ބިލްޑިންގ އޮފް މުސްލިމް ޕާރސަނާލިޓީ" މައުޟޫއަށެވެ. އިނިސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްގެ ރީޖަނަލް ޑައިރކްޓަރގެ މަޤާމު ފުރުއްވަމުންގެންދަވާ ޑރ. ފަތުހީގެ ލެކްޗަރގައި ވަނީ ފިކުރީ ގޮތުން މުސްލިމުންގެ ބައިވެރިވުން މުޖުތަމުގައި ގެންގުޅެވޭނެ ގޮތްތަކާއި، ފުރިހަމަ މުސްލިމު ޝަހުސިއްޔަތުތަކުން މުޖުތަމައުއަށް އެހީތެރިވެވިދާނެ ގޮތްތަކުގެ މައްޗަށް ވާހަކަދައްކަވާފައެވެ. އަދި ތަފާތު ފިކުރުތަކާއެކުވެސް ފުރިހަމަ ނަތީޖާއަކަށް ވާސިލުވުމުގައި އިސްލާމީ ފިކުރުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

ޑރ. ފަތުހީގެ ލެކްޗަރގައި އިސްލާމީ އުއްމަތަށް އޮތް ގޮންޖެހުންތައްތަކާއި އާންމުވެ އަށަގަންނަމުންދާ ފިކުރުތަކުގެ ސަބަބުން އިސްލާމީ އުއްމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ޑރ. ފަތުހީ ވާހަކަފުޅުދައްކާފައެވެ.