ކުޅިވަރު

މެޑްރިޑް އޯޕަން: ގަދަ 16 ގެ ޖާގައެއް މީރާ އަންޑްރީވާއަށް


މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ގަދަ 16 ކުޅުންތެރިންގެ ޖާގައެއް ރަޝިއާގެ ޒުވާން ކުޅުންތެރިޔާ މީރާ އަންޑްރީވާ ހޯދައިފިއެވެ.

އޭނާ ފަހު 16 އިން ޖާގަހޯދީ ޕޯލަންޑްގެ މަގްޑާ ލިނެޓް އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ.

ދުނިޔޭގައި 19 ވަނައަށް ރޭންކް ކުރެވިފައިވާ ލެނެޓް އާއި ބައްދަލުކުރި މިމެޗް އަންޑްރީވާ ކާމިޔާބުކޮށްފައިވަނީ އޭނާގެ 16 ވަނަ އުފައްދުވަހުއެވެ. އޭނާ މިމެޗްގެ ސެޓްތައް ގެންދިޔައީ ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. ފަހު 16 ގައި އޭނާ ވާދަކުރާނީ ދެވަނައަށް ސީޑް ކޮށްފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާއާއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ދުނިޔެގައި 194 ވަނައަށް ރޭންކް ކުރެވިފައިވާ އަންޑްރީވާ ހާމަކުރިގޮތުގައި މިމުބާރާތުގެ މިހާހިސާބަށް އާދެވޭނެކަމަށް އުންމީދު ނުކުރާ ކަމަށެވެ. ނަމަވެސް އޭނާގެ ކުޅުމުގެ ފެންވަރާމެދު ހައިރާން ނުވާކަމަށްވެސް އޭނާ ހާމަކުރިއެވެ.

މިމުބާރާތުގެ ފަހު 16 އިން ސަބަލެންކާ ޖާގަހޯދީ ކޮލަމްބިއާގެ ކަމީލާ އޮސޯރިއާ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހަތެއް ފަހަކުންނެވެ. މިމުބާރާތުގެ ފަހު 16 ކުޅުންތެރިންގެ ތެރެއިން ވަނީ ސްޕެއިންގެ ޕައުލާ ބަޑޯސާވެސް ޖާގަހޯދާފައެވެ. އެއީ އެމެރިކާގެ ކޮކޯ ގައުފް އާއި ބައްދަލުކުރިމެޗް ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ތިނެއް އަދި ހައެއް ސުމަކުން ކާމިޔާބުކޮށްގެންނެވެ. ފަހު 16 ގައި ބަޑޯސާ ބައްދަލުކުރާނީ ގްރީސްގެ މާރިއާ ސަކާރީ އާއި ސްޕެއިންގެ ރެބެކާ މަސަރޯވާ ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.