ކުޅިވަރު

އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް އަވަސްކޮށްފި


އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް އަވަސްކޮށް، މިމަހުގެ 7 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ. 

ނެޓްބޯޅަ އެސޯސިއޭޝަނުން މަޢުލުމާތުދިން ގޮތުގައި ކުރިން މުބާރާތް ފެށުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މުބާރާތް އަވަސް ކުރަންޖެހުނީ މިމަހުގެ 17 ވަނަދުވަހު ސްކޫލްތައް ބަންދުވާތީ، އެދުވަސްވަރު މުބާރާތް ކުރިއަށް ގެންދިއުމުން ސްކޫލްތަކަށާއި، ބެލެނިވެރިންނަށްވެސް އުނދަގޫވާނެކަމަށް އެފަރާތްތަކުން ފާހަގަކުރުމުންކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތުދިނެވެ. މިހާރު ހަމަޖެހިފައިވާގޮތުން މިމަހުގެ 7 ވަނަ ދުވަހު މުބާރާތް ފެށުމަށްފަހު ސްކޫލްތައް ބަންދުވާ ދުވަހު މުބާރާތް ނިމޭނެއެވެ. މިފަހަރުގެ މުބާރާތުގައި 13 ސްކޫލަކުން ވާދަކުރާނެއެވެ. މިއީ ކުރިން ހީކުރި އަދަދަށް ވުރެ އިތުރު އަދަދެއްކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން މަޢުލުމާތުދިނެވެ. 

މުބާރާތުގައި 12 އަހަރުންދަށް، 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރާ ހިމެނެއެވެ. މިއީ ނެޓްބޯލް އެސޯސިއޭޝަންގެ މިއަހަރުގެ ކަލަންޑަރުގެ ފުރަތަމަ މުބާރާތެވެ.