ޚަބަރު

ޝިފާޒްގެ ބަންދަށް 10 ދުވަސް އިތުރުކޮށްދެއްވައިފި


އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރައްވާފައިވާ އެމް.ޑީ.ޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދެއްވައިފިއެވެ.

ޝިފާޒް ހައްޔަރުކުރައްވައިފައިވަނީ އިއްޔެ އެމް.ޑީ.ޕީއަށް ތާއީދުކުރާ ބައެއް މީހުންނާއި، އެޕާޓީގެ އިސް ބައެއް ބޭފުޅުން ޖަސްޓިސް ބިލްޑިންގ ކައިރިއަށް ޖަމާވުމުން އެސަރަހައްދުގައި ޝިފާޒް ހަރަކާތްތެރިވަމުން ދަނިކޮށް އެސަރަހައްދުގައި އަމަން ބަލަހައްޓަވަން ތިއްބެވި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައިކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަޙްޤީޤު ކުރައްވަމުންނެވެ.