58 ޤައުމަކުން ވާދަކުރި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތަކުން ދިވެހި ދަރިވަރަކު 2 ވަނަ ހޯދައިފިއެވެ.
މިސްރުގައި ބޭއްވި 29 ވަނަ "އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން" މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ ހޯދީ އިސްކަންދަރު ސްކޫލްގެ ދަރިވަރު ފާތިމަތު ޝަޔާ ޒާހިރުއެވެ.
ޝާޔާއަށް އިނާމު ހަވާލުކޮށްދެއްވީ، މިޞްރުގެ ރައީސްް އަބްދުލް ފައްތާޙް އަލް-ސީސީއެވެ.
މިސްރުގައި ބޭއްވުނު 29 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަޚްރުވެރި 2 ވަނަ ރާއްޖެއަށް ހޯދައިދިން ބައިވެރިޔާ ފާތިމަތު ޝަޔާ ޒާހިރަށް މިސްރުގެ ރައީސް އިނާމް ހަވާލުކުރެއްވި ރަސްމިއްޔާތު@MoEdumv pic.twitter.com/7oSXMurUrq
— Iskandhar School (@Iskandhar_MV) April 19, 2023
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ޝަޔާ ހޯދި ކާމިޔާބީ ފާހަގަކުރައްވާ އޭނާ ތަހުނިޔާ ވިދާޅުވެފައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ޝަޔާ ހޯދި ކާމިޔާބީއަކީ މުޅި ރާއްޖެ ފަޚުރުވެރިވާފަދަ ކާމިޔާބީއެއްކަމަށެވެ.
މި މުބާރާތަކީ ބައިނަލްއަޤްވާމީގޮތުން ބާއްވާ އެންމެ ބޮޑު އެއް ޤުރުއާން މުބާރާތެވެ. މި މުބާރާތުގައި 58 ޤައުމަކުން 108 ބައިވެރިން ޤުރުއާން ކިޔަވާފައިވެއެވެ.
ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތްތަކުގައި ފަހަކަށް އައިސް ދިވެހި ދަރިވަރުން އަންނަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ޙާސިލްކުރަމުންނެވެ.