އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މިހާރު ބޭނުން ކުރަމުންދާ އިއްތިހާދު ސްޓޭޑިއަމުގެ ޖާގަ ބޮޑުކުރުމަށް ޕްލޭނެއް އެކުލަވާލައި، އެ ސިޓީގެ ކައުންސިލަށް ހުށަހަޅައިފިއެވެ.
ސިޓީއިން ހުށަހެޅި ޕްލޭންގައި އިއްތިހާދު ސްޓޭޑިއަމްގެ ޖާގަ ފަސްދޮޅަސް ހާހަށް އިތުރު ކުރުމަށް ނިންމާ އެކަމަށް 300 މިލިއަން ޕައުންޑް އިންވެސްޓް ކުރުމަށް ހުށަހަޅާފައިވެއެވެ.
ސިޓީއިން ބޭނުންވަނީ އިއްތިހާދު ސްޓޭޑިއަމްގެ ޖާގަ ބޮޑު ކުރުމަށް ބޭނުންވަނީ ނޯތު ސްޓޭޑާއި ވީ ފަޅިންނެވެ. އިއްތިހާދު ސްޓޭޑިއަމްގެ މިހާރުގެ ޖާގައަކީ 53 ހާސް ހަތަރު ސަތޭކަ ހާހެވެ. ސިޓީ އިން ހުށަހެޅި ޕްރޮޕޯސަލްގައި ދަނޑު ފެންނަގޮތަށް ސްކައި ބާ އެއް ހެދުމާއި ސްޓޭޑިއަމްގެ ފުރާޅުމަތިން ހިނގާލުމުގެ ފުރުސަތު ހުޅުވާލުން ހިމެނެއެވެ. އަދި 3000 ހާސް މީހުންގެ ޖާގައިގެ ފޭން ޒޯން އެއް ހެދުމާއި ކްލަބްގެ އާ ފިހާރައަކާއި މިއުޒިއަމްެއެއް ހެދުމަށް ހުށަހަޅާފައިވެއެވެ. ހަމައެއާއެކު 400 އެނދުގެ ހޮޓަލެއް ހެދުމަށްވެސް ސިޓީއިންވަނީ ހުށަހަޅާފައެވެ. ސިޓީއިން ހާމަކުރާގޮތުގައި މިޕްެރޮޖެކްޓް ނިންމާލުމަށް ތިން އަހަރެއްހާ ދުވަސް ނަގާނެއެވެ. މިޕްރޮޖެކްޓް ފުރިހަމަ ވުމުން ކުޅިބެލުންތެރިންނަށް އެންމެ ޒަމާނީ ތަޖްރިބާ ލިބުމުގެ އިތުރުން މުޅި އަހަރު މުނިފޫހިފިލުވުމާއި ވަގުތު ހޭދަކުރާނެ މަންޒިލަކަށް ވެގެންދާނެއެވެ.
މި ޕްރޮޖެކްޓްގެ އެޕްލިކޭޝަންގެ ދެން އޮތް މަރްހަލާގައި އޮންނާނީ ކްލަބްގެ ސަޕޯޓަރުންނާއި މެންޗެސްޓަރގެ އާންމު ރައްޔިތުންނާއި މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. ސިޓީއިން ހާމަކުރާގޮތުގައި މިޕްރޮޖެކްޓާއެކު ދެހާސް ހަސަތޭ އިތުރު ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މެންޗެސްޓަރ ސިޓީ ފުޓްބޯޅަ ކްލަބާއި ސިޓީ ފުޓްބޯލް ގްރޫޕްއިން 2008 ވަނަ އަހަރު ހަވާލުވިފަހުން އެގްރޫޕުން އަންނަނީ މެންޗެސްޓަރއަށް އެކިގޮތްގޮތުން އިންވެސްޓް ކުރަމުންނެވެ. އިއްތިހާދު ސްޓޭޑިއަމް ބިނާކޮށްފައިވަނީ 2002 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްއަށެވެ. އަދި 2003 ވަނަ އަހަރުން ފެށިގެން ސިޓީއިން އަންނަނީ މިސްޓޭޑިއަމް އެކްލަބްގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ބޭނުން ކުރަމުންނެވެ.