ދީން

ކުނބުރުދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ޖޫން މަހު ނިމޭނެ


އދ.ކުނބުރުދޫގައި އިމާރާތްކުރައްވާ އާ މިސްކިތުގެ މަސައްކަތް އަންނަ ޖޫންމަހުގެ ނިޔަލަށް ނިންމާލެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކުނބުރުދޫ ކައުންސިލުން ވިދާޅުވިގޮތުގައި މިދިޔަ އަހަރުގެ އޭޕްރީލްމަހު ބިންގާ އެޅުއްވި މިސްކިތުގެ މަސައްކަތް ކުރިއަށްގެންދަވަނީ ހަލުވި ސްޕީޑެއްގައެވެ. 9 މަސްދުވަސްވީއިރު މިސްކިތް ރާނައި، ހިޔާކޮށް އަދި ސިމެންތިޖަހާވެސް ވަނީ ނިމިފައެވެ. މީގެއިތުރުން ފަންގިފިލާއެޅުމާއި ފަތިއަޅައި، ވުޟޫކުރާ އިސްކުރުބަރިއާއި، ފާޚާނާގެ މަސައްކަތްވެސް ވަނީ ނިމުމާ ކައިރިވެފައެވެ.

މިއީ 305 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ޢިމާރާތްކުރަނީ 5.7 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ. ކުނބުރުދޫ މިސްކިތުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ، އެރަށުގައި ކުރިން އަންހެނުން ނަމާދުކުރި ކުޑަ މިސްކިތެއްގައިވެސް މިހާރު ފިރިހެނުން ދަނީ ނަމާދުކުރަމުންނެވެ.