ޚަބަރު

ހުޅުމާލޭގައި 50 މެގަވޮޓްގެ ޕަވަރަ ޕްލާންޓެއް ޤާއިމުކުރަނީ


ހުޅުމާލޭގައި 50 މެގަވޮޓްގެ ޕަވަރ ޕްލާންޓެއްޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ޤާއިމުކުރާ މި ޕަވަރ ޕްލާންޓާއެކު ހުޅުމާލޭގެ ކަރަންޓްގެމައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށެވެ. ހުޅުމާލޭގައި ޕަވަރ ޕްލާންޓެއް ޤާއިމުކުރުމަށް 8 މެގަވޮޓްގެ 7 ޖަނަރޭޓަރު ގެނައުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ. މި ޕަވަރޕްލާންޓާއެކު ހުޅުމާލޭގެ ކަރަންޓްގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް ސްޓެލްކޯއިން ލަފާކުރާއިރު، ދާދިފަހުން ހުޅުމާލޭއިން ކަރަންޓް ކެނޑުމަށް ދިމާވިމައްސަލަތައްވެސް ޙައްލުކޮށް، ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ޕަވަރޕްލާންޓެއް ޤާއިމުކުރުމުގެ ކުރިން، މިހާރުވެސް ފޭސް ދޭއްގެ ޑިވޮލޮޕްމެންޓަށް ބޭނުންވާކަރަންޓް ދިނުމަށް ދެކިލޯމިޓަރުގެ ދިގުމިނުގައި އެގާރަހާސް ކިލޯވޮޓްގެ ކޭބަލެއްއެޅުމުގެ މަސައްކަތް މިހާރުކުރިޔަށް ގެންދާކަމަށެވެ. އެހެންކަމުން މި ކޭބަލުއަޅައި ނިމުމުން ފޭސް ދޭއްގެ ޑިވޮލޮޕްމެންޓަށް ބޭނުންވާވަރަށް ކަރަންޓްފޯރުކޮށްދެވޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.