ކުޅިވަރު

ކްލަބު ޗެމްޕިއަންޝިޕްޗެސް މުބާރާތުގެ ޗެމްޕިއަންކަން ޓީސީ ހޯދައިފި


މޯލްޑިވްސް ނޭޝަނަލް ކްލަބު ޗެމްޕިއަންޝިޕް ޗެސް މުބާރާތުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބު ހޯދައިފިއެވެ. 

މޯލްޑިވްސް ޗެސް ފެޑެރޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވިމޯލްޑިވްސް ނޭޝަނަލް ކްލަބު ޗެމްޕިއަންޝިޕް ޗެސް މުބާރާތުގެ ޗެންޕިއަންކަން ޓީސީ ސްޕޯޓްސް ކުލަބް ހޯދާފައިވަނީ އެޓީމް ކުޅުނު ހުރިހާ މެޗްއެއް ކާމިޔާބުކޮށް، 5 ޕޮއިންޓް ހޯދައިގެންނެވެ. ޓީސީ ޗެންޕިއަންކަން ހޯދީ މިލަދޫ ސްޕޯޓްސް ކުލަބްއާ ވާދަކޮށްގެންނެވެ.

މިލަދޫ ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. މިމުބާތާރުގެ 3 ވަނަ ޓީމަކަށް ހޮވިފައިވަނީ 3 ޕޮއިންޓާއެކު ޑީއެކްސް ސްޕޯޓްސް ކުލަބެވެ. ޖުމްލަ 4 ޓީމު ވާދަކުރި މި މުބާރާތުގައި 20 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މޯލްޑިވްސް ނޭޝަނަލް ކްލަބު ޗެމްޕިއަންޝިޕް ޗެސް މުބާރާތް ރޭ ނިމިފައިވާއިރު، މިރޭ މޯލްޑިވްސް ޗެސް ފެޑެރޭޝަން ޗެމްޕިއަންޝިޕް ޗެސް މުބާރާތް ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޗެސް ފެޑެރޭޝަނުން މަޢުލުމާތުދެއެވެ.