ކުޅިވަރު

ޔޫރޮޕާ ލީގުގެ ފަހު 16ގައި ލިވަޕޫލާ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެ


ޔޫރޮޕާ ލީގުގެ ފަހު ސޯޅައިގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ވާދަވެރި ދެ ޓީމްކަމަށްވާ ލިވަރޕޫލްއާއި، މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެއެވެ.

ވާދަވެރި ލިވަރޕޫލާއި ޔުނައިޓެޑް ފުރަތަމަ ކުޅެންޖެހޭނީ ލިވަރޕޫލްގެ ދަނޑުގައެވެ. ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ ދެވަނަޔަށް އެންމެ ޝަރަފްވެރި މުބާރާތުގައި ޓޮޓްނަމް ހޮސްޕާރސްއަށް ދެން ވާދަކުރަންޖެހޭނީ ޖަރުމަނުގެ ވަރުގަދަ ބާރެއްކަމަށްވާ ބޮރޫޝިޔާ ޑޯޓްމުންޑާއެވެ.

މިއަދު އޮތް ގުރުލުމުން ދިމާވި ގޮތުން މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހު ދެފަހަރުވެސް ހޯދި ސެވިއްޔާއަށް ފަހު ސޯޅައިގައި ވާދަކުރަންޖެހޭނީ ބަސެލްއާއެވެ.

ސްޕެއިންގެ ވެލެންސިޔާއަށް ވާދަކުރަންޖެހޭނީ ހަމަ އެ ލީގުގެ އެތްލެޓިކް ބިލްބާއޯއާއެވެ.

ގުރުލުން ނިމުނު ގޮތް:

ޝަހްތާރ ޑޮނެސްކް - އަންދަރލެޗް

ބަސެލް - ސެވިއްޔާ

ވިޔަ ރެޔާލް - ބެޔަރ ލެވެކުޒެން

އެތްލެޓިކް ބިލްބާއޯ - ވެލެންސިޔާ

ލިވަރޕޫލް - މެންޗެސްޓަރ ޔުނައިޓެޑް

ސްޕާޓާ ޕްރާގް - ލާޒިއޯ

ބޮރޫޝިޔާ ޑޯޓްމުންޑް - ޓޮޓްނަމް ހޮޓްސްޕާރސް

ފެނަބާޗޭ - ބްރާގާ