ކުޅިވަރު

އެމެބީއޭކަޕްގެ އެއްވަނަ ޑިވިޝަންގެ ފިރިހެންބައިގައި 4 ޓީމް.


ދެވަނަ އެމްބީއޭކަޕްގެ ފުރަތަމަ ޑިވިޝަންގެ ފިރިހެންބައި އަދި އަންހެންބައިގައި ހަތަރު ޓީމް ބައިވެރިވެއްޖެއެވެ. 

މިއަންނަ މަހުގެ ހަވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ބައިވެރިވެފައިވާ ހަތަރު ޓީމަކީ ދިވެހި ސިފައިންގެ ކުލަބް، ރެޑްލައިން ކުލަބް، ޓީރެކްސް ބާސްކެޓް ބޯލް ކުލަބް އަދި ހަރިކޭން ބާސްކެޓް ބޯލް ކުލަބެވެ. އެމްބީއޭކަޕްގެ އަންހެން ޑިވިޝަންގައި ބައިވެރިވެފައިވާ އަންހެން ޓީމްތަކަކީ ޓީރެކްސް ސްޕޯޓްސް އެކަޑަމީ، ހަރިކޭން ބާސްކެޓް ބޯލް ކުލަބް، މައްޗަންގޮޅި ވިމަންސް ޔޫތް އެންޑް ރެކްރިއޭޝަން ކުލަބް އަދި ދަ ގްރޭންޑްސް އަމީގޯސް ނިއު ޖެނެރޭޝަންއެވެ. 

ދެވަނަ އެމްބީއޭކަޕްގެ ދެވަނަ ޑިވިޝަންގައި ބައިވެރިވެފައިވަނީ އަށް ޓީމެވެ. އެއީ އެލްކިއު ސްޕޯޓްސް ކުލަބް، ޔުނައިޓަޑް ނެޓްވޯކް، ސްޓްރިންގާރސް، އެލްޓީ، ދަ ބައުސް، ޔޫތް އެލައިންސް އަދި އެމްއެސްއާ ވިޔަންސާއެވެ. މިމުބާރާތް ކުރިއަށްދަނީ މިއަންނަ މަހުގެ ހަޔަކުން ހަތާވީހަށެވެ.