އޭއެމްޑީސީ ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޔަމްޔަމް ކިޔާ ގެއެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގުމާ ގުޅިގެން އެގޭގައި ތިބި މީހުން ވަނީ ނެރެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ނިއްވާލުމަށްފަހު އަނެއްކާވެސް ދުމުގެ އަސަރު ހުރުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ ޓީމުން އަންނަނީ އެތަނަށް ފެންޖަހަމުންނެވެ.