އުރީދޫގެ ކަސްޓަމަރުންނަށް މި ރޯދަމަހުވެސް ޙާއްސަ ހަދިޔާތަކާއި އޮފާތަކެއް ތައާރަފްކޮށްފިއެވެ.
މި އޮފަރތައް ތައާރަފްކޮށްފައިވަނީ ޏ.ފުވައްމުލަކު ތުނޑީގައި ބޭއްވި ހާއްސަ މާހެފުމުގެ ހަރަކާތެއްގައެވެ.
މި ރަމަޟާންމަހު އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ހަދިޔާއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ އެޕްގައި ހިމަނާފައިވާ ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލެއް، އައިފޯން 14 ޕްރޯ، 65" ޓީވީ، ހޯމްޕޮޑް މިނީ، 1 ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ ގެ އިތުރުންވެސް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހާދިޔާ ފޮށި ގޭމް ކުޅެވޭނެއެވެ.
"Excited to kick off #Ramadan2023 with special offers & gifts. Our Ramadan campaign focuses on the beauty of Fuvahmulah with a story aiming to celebrate the unique Maldivian culture & heritage. We are committed to drive growth through digital services” MD & CEO, Khalid Al-Hamadi pic.twitter.com/UTYrEFdWB3
— Ooredoo Maldives (@OoredooMaldives) March 21, 2023
ސައޫދީގައި ތިއްބެވި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ޚާއްޞަ ސައުދީ އައިޑީޑީ ޕެކްއެއްވެސް އުރީދޫއިން މިއަހަރަށް ވަނީ ތައާރަފްކޮށްފައެވެ. ކޮންމެތާކުންވެސް ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުވެސް ފަހިކޮށްދީފައެވެ.
އެމް-ފައިސާއިން ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ފައިސާ ދައްކާލުމުން %2 އާއި ހަމައަށް ދައިސާ އަނބުރާ ވޮލެޓައް ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ. މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ އިންތިޒާމްވެސް އުރީދޫއިން ވަނީ ފަހިކޮށްދީފައެވެ.