ޚަބަރު

ދިވެހި ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި


ދިވެހި ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން ހުވާކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުންނަށް ހުވާލައިދެއްވީ ޢަލްއުސްތާޒު އާދަމް އާރިފްއެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 142 ފުލުހުންނެވެ. އެއީ 53 އަންހެން ފުލުހުންނާއި 89 ފިރިހެން ފުލުހުންނެވެ. މޯލްޑިސްވް ޕޮލިސް ސަރވިސްގެ ވަޒިފާއައި އަލަށް ގުޅުނު ފުލުހުން ވަނީ ހުވާކުރުމަށްފަހު ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި ހެޑް އޮފް ޕީޕަލް ޑައިރެކްޓްރޭޓް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްޠާން އަޙުމަދު ބިޝާރު، ހެޑް އޮފް ރެކްރޫޓުމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެވަޑައިގެންނެވިއެވެ.