ޚަބަރު

ޕާކިސްތާނަށް ބާރުގަދަ ބިންހެލުމެއް، އަފްޣާނިސްތާނާއި އިންޑިޔާއަށްވެސް އަސަރުކުރި


ޕާކިސްތާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. އެ ބިންހެލުމުގެ އަސަރުވަނީ އަފްޣާނިސްތާނާއި އިންޑިޔާއަށްވެސްކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕާކިސްތާނުގެ އަވަށެއްކަމަށްވާ ޖުރުމުގެ އިރުދެކުނާ 40 ކިލޯމީޓަރު ދުރަށް އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 6.5ގެ ބާރުގަދަ ބިންހެލުމެކެވެ. އެ އަވަށް އޮންނަނީ ޕާކިސްތާނާއި ތަޖިކިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީގައެވެ. ބިންގެލުމުގެ އިތުރު ތަފުޞީލުތަކެއް އަދި ނުލިބެއެވެ. ނަމަވެސް އެ ސަރަޙައްދުގެ ގިނަ ޤައުމުތަކަށްވަނީ ބިންހެލުމުގެ އަސަރުކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނަށް 5.2 އަދި ތުރުކީވިލާތަށް 4.3ގެ ބާރުގަދަ ބިންހެލުންތަކެއް އައިސްފައިވެއެވެ.