ކުޅިވަރު

ރަމަޟާން ކްރިކެޓް ކާނިވަލް: އޯޕަން އަދި އޮފީސް މުބާރާތުގެ ގުރުނަގައިފި


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ރަމަޟާން މަހާއި ދިމާކޮށް ބާއްވަމުންދާ ކްރިކެޓް ކާނިވަލުގެ ތިން މުބާރާތުގެ ތެރެއިން އޯޕަން އަދި އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބަރާތުގެ ގުރުނަގައިފިއެވެ.

ކްރިކެޓް ބޯރޑުގެ މީޓިން ރޫމްގައި ގުރުނެގުން ކުރިޔަށްދިޔައިރު، މިއަހަރުގެ އޮފީސް މުބާރާތުގައި ބައިވެރިވެފައިވަނީ 9 ޓީމެވެ.
ފުރަތަމަ ގުރުލެވުނީ އޮފީސްތަކުގެ މުބާރާތަށެވެ އަދި އެއަށްފަހު އޯޕަން މުބާރާތަށެވެ. ކޮންމެ މުބާރާތެއްވެސް ވަނީ ތިން ގްރޫޕްއަށް ބަހާލެވިފައެވެ

އޮފީސްތަކުގެ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އެމްއެމްއޭ، ދިވެހި ސިފައިންގެ ކްލަބް އަދި މުލިއާގެއެވެ. ގްރޫޕް ބީގައި ހިމެނެނީ މީރާ، ފޮރިން މިނިސްޓްރީއާއ ކަސްޓަމް ރެކްރިއޭޝަން ކްލަބެވެ. ގްރޫޕް ސީގައި ހިމެނެނީ ޕޮލިސް ކްލަބް، ޔޫތް މިނިސްޓްރީ އަދި އިމިގްރޭޝަނެވެ.

އޯޕަން މުބާރާތުގައި ބައިވެރިވެފައިވަނީ 12 ޓީމެވެ. ގްރޫޕް އޭގައި ހިމެނެނީ އެވިއާ، ޑީއެސްސީ، ކޭޑީއެމް އަދި އެމްއޭސީއެލްއެވެ.
ގްރޫޕް ބީގައި ހިމެނެނީ ޝުގަރކޯން، މެޓިއޮރޯސް، ވާރު އަދި ޕޮލިސް ކްލަބްއެވެ.ގްރޫޕް ސީގައި ހިމެނެނީ އޮފްއެފްސީ، އޭއާރސީ،
ކިންޒާ އަދި ސީބީއެމްގެ ޓީމެވެ.

މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ރޯދަމަހުގެ ދެވަނަ ދުވަހުގައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެވިއާއާއި ކޭޑީއެމް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި އެމްއޭސީއެލްއެވެ.