ޚަބަރު

ފެނަކައިން މޮބައިލް ޕަވަރ ސްޓޭޝަންތަކެއް ގެންނަނީ


އިންޖީނުގެއަކަށް ގެއްލުންވެ، ކަރަންޓުގެ ޚިދުމަތް ކެނޑެން މެދުވެރިވާ ޙާލަތްތަކުގައި ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށް ގޮތްތަކެއް ރާވަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

މި ގޮތުން، ކޮންޓެއިނަރައިޒްޑް ޕަވަރ ސްޓޭޝަންތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވިއެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ ރާއްޖޭގައި ކަރަންޓްގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ޖަނެރޭޓަތަކަށް މައްސަލައެއް ދިމާވެ، ކަރަންޓް ނުދެވޭ ޙާލަތްތަކުގައި މި ޕަވަރ ސްޓޭޝަންތައް ބޭނުންކޮށްގެން ކަރަންޓް ދެވިގެންދާނެކަމަށެވެ.

އެ ކުންފުނިން ނިންމާފައިވަނީ މިފަދަ 6 ނުވަތަ 7 ސިސްޓަމް ގެނައުމަށްކަމަށްވެސް ނިމާލް ވިދާޅުވިއެވެ. މި ޖަނެރޭޓަރތަކަކީ އެއްހާހާއި 500 ކިލޯވޯޓްގެ ޖަނޭޓަރ ތަކެއްކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އަންނަމަސް ނިމޭ ހިސާބުގައި މި މޯބައިލް ޕަވަރ ސްޓޭޝަންތައް ހޯދަން ބީލަމަށް ލެވޭވަރުވާނެކަމަށްވެސް ނިމާލް ވިދާޅުވިއެވެ.