އެމްއެންޑީއެފްގެ ދަށުން ހިންގާ ސެނަހިޔާ ހޮސްޕިޓަލަށް އިންޑިއާ ސަރުކާރުގެ ބައެއް ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.
ސެނަހިޔާ ހޮސްޕިޓަލަށް އިންޑިއާ ސަރުކާރުން ބައެއް ސާމާނު ހަދިޔާކޮށްފައިވަނީ އެ ޤައުމުގެ ޑިފެންސް ސެކްރެޓަރީ ގިރިދަރް އަރަމާނޭ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އިންޑިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އެކްސްރޭ މެޝިނަކާއި އީސީޖީ ހަދާ މެޝިނަކާއި އީއީޖީ ހަދާ މެޝިނަކާއި އަލްޓްރާ ސައުންޑް މެޝިނެކެވެ.
Def. Secretary of ?? Giridhar Aramane gifted medical equipment for the Senahiya hospital- including X-ray machines, EEG, ECG, ultrasound machines -that will augment capacities for delivery of healthcare services provided by the hospital. @MariyaDidi @MNDF_Official @indiannavy pic.twitter.com/zyJTF0qlTj
— India in Maldives (@HCIMaldives) March 19, 2023
އިންޑިއާއިން ހަދިޔާކުރި ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ގިރިދަރް އަރަމާނޭ ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑީއާގެ ޑިފެންސް ސެކްރެޓަރީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ބާއްވަމުން އަންނަ ޑިފެންސް ކޯޕަރޭޝަން ޑަޔޮލުގެ ރަސްމީ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ޑިފެންސް ކޯޕަރޭޝަން ޑަޔަލޮގުގެ ދަށުން ކުރިއަށްގެންދިޔަ ހަތަރު ވަނަ މަޝްވަރާ ބައްދަލުވުމެވެ.