ޚަބަރު

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ފެނިއްޖެ


ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ފެނިއްޖެއެވެ.

ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދަންވަރު 1:33 ހާއިރެވެ. ފުލުހުން ވިދާޅުވީ، ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ހުޅުމާލެއިން ފެނިފައިވާކަމަށެއެވެ. އަދި އެކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.