ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މޯލްޑިވްސް މެރިން އެކްސްޕޯއަށް ޒިޔާރަތްކުރައްވައިފިއެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވަނީ މެރިން އެކްސްޕޯއަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެކްސްްޕޯގެ ސްޓޯލްތަކަށް ވަޑައިގެން، ސްޓޯލްތަކުގައި ހުރި އެކިއެކި އުފެއްދުންތައް ބައްލަވާލައްވާފައެވެ.
This evening, President @ibusolih visited the Maldives Marine Expo 2023 and inquired about the products and services on display. Organised by @boating_mv, the 8th edition of the expo features 170 stalls representing 100 companies and is held from March 15-18, in Hulhumalé. pic.twitter.com/nGAS61ReG3
— The President's Office (@presidencymv) March 18, 2023
މިއަހަރުގެ މެރިން އެކްސްޕޯގައި ބޯޓް ބިލްޑަރުން، މާލީ އަދި އިންޝުއަރެންސް ވިޔަފާރިތައް، ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި، މެރިން ފުޑްސް ސަޕްލައި ފަދަ ދާއިރާތަކުން ބައިވެރިވެއެވެ.
މިއަހަރުގެ މެރިން އެކްސްޕޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އެހެން އަހަރުތަކާއި ތަފާތުކޮށެވެ. އެގޮތުން، މިފަހަރުގެ އެކްސްޕޯގައި ޑައިވިން ދާއިރާއަށް ޚާއްސަ އިސްކަމެއް ވަނީ ދީފައެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއި، މެރިން ސިނާޢަތުގެ އެކި ކަންކަމާއިގުޅޭ ސެމިނަރތައްވެސް ކުރިއަށްދާނެއެވެ.
މެރިން އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބޯޓިން ސިނާޢަތުގައި ހުރިހާ ސްޓޭކް ހޯލްޑަރުންނާއި އެއްތަނަކުން ބައްދަލުވެ، އެސިނާޢަތުގެ ވިޔަފާރި އިތުރަށް މާކެޓްކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުމެވެ.