ޚަބަރު

ވިލިމާލެއިން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ


ވިލިމާލެއިން ކުޑަކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިިފިއެވެ.

ފުލުހުން ވިދާޅުވީ ވިލިމާލެއިން ގެއްލިގެން ހޯދަމުންދަނީ 13 އަހަރުގެ ކުއްޖެއްކަމަށެވެ. އަދި އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 1:33 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ކުއްޖާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.