ޚަބަރު

"ސުޕަރމޭން" ގެ އައު ފިލްމު ޑައިރެކްޓް ކުރާނީ ގަން


"ސުޕަރމޭން" އާ ފިލްމު ޖޭމްސް ގަން ޑައިރެކްޓްކުރަން ހަމަޖައްސާފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ.

ޑީސީ ޔުނިވާސްގެ މި ފިލްމު ޑައިރެކްޓު ކުރާނީ ޑީސީ ސްޓޫޑިއޯއާގެ ޗެއާރމަންގެ އިތުރުން ސީ.އީ.އޯ މަގާމާއިވެސް ހަވާލުވެ ހުރި ޖޭމްސް ކަމަށް އޭނާ ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. ޖޭމްސްގެ ޓުވިޓުގައި ބުނިފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ ޖުލައި 11 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ސުޕަރމޭން: ލެގަސީ" ޑައިރެކްޓުކުރާނީ އޭނާ އަމިއްލަ އަށެވެ.

ދުނިޔޭގައި އުޅެ ބޮޑުވި ސުޕަރމޭންގެ އުފަން ޕްލެނެޓް، ކްރިޕްޓޯންގެ ސަގާފަތާއި ތަރިކަތަށް އަލުން ހޯދުމަށް ކުރާ ދަތުރުގެ މައްޗަށް ބިނާކޮށް އުފައްދާ އެ ފިލްމުގެ ސްކްރީން ޕްލޭވެސް ލިޔެފައި ވަނީ އޭނައެވެ.

ސުޕަރމޭންގެ އާ ފިލްމު ކުރިން ކުޅޭ ގޮތަށް އޮތީ 2013 ވަނަ އަހަރު ރިލީޒްކުރި "މޭން އޮފް ސްޓީލް" ކުޅުނު ހެންރީ ކެވިލްއެވެ. ނަމަވެސް އޭނާއާއި ނުލައި ފިލްމު ހަދަން ނިންމިކަން އިޢުލާނުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޒެކް ސްނައިޑާ ޑައިރެކްޓްކޮށް، ކެވިލްއާ އެކީ ގެނެސްދިމް "މޭން އޮފް ސްޓީލް" އަކީ 258 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 668 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.