ޚަބަރު

އާމިރު "ގުލާމް" ޝޫޓް ކުރީ ގަދަޔަށް ހުން އައިސް ހުރެ: ރާނީ


ބޮލީވުޑް ތަރިން ކަމަށްވާ، އާމިރުޚާނާއި ރާނީ މުކަރްޖީ ކުޅެ، 1998 ވަނަ އަހަރު ދެއްކި އެކްޝަން ފިލްމު "ގުލާމް" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ހަނދާން ބަތަލާ ރާނީ ވަނީ ވަރަށް ފަހުން އާކޮށްފައެވެ.

އެގޮތުން މި ފިލްމު އާމިރު ޝޫޓްކޮށްފައި ވަނީ ވަރަށް ގަދަޔަށް ހުން އައިސްހުރެ އެއްވެސް ބްރޭކެއްވެސް ނުނަގާހުރެ ކަމަށް ރާނީ ވަނީ ބުނެފައެވެ. އޭގެ ސަބަބުން ފިލްމު ނިންމުމަށް އޭނާއަށްވެސް އިތުރު ހިތްވަރެއް ލިބުނު ކަމަށް ރާނީ ވަނީ ބުނެފައެވެ.

ވިކްރަމް ބަޓް ޑައިރެކްޓުކޮށްފައިވާ "ގުލާމް" އަކީ 1998 އަހަރުގެ ޖުލައި މަހު ރިލީޒްކުރި ފިލްމެކެވެ. މި ފިލްމު ވަނީ ފިލްމު ފެއަރ އެވޯޑްސްގެ 6 އެވޯޑަކަށް ނޮމިނޭޓްވެފައެވެ. އޭގެތެރޭގައި ބެސްޓް ފިލްމު، ބެސްޓް ޑައިރެކްޓަރު، ބެސްޓު އެކްޓަރުގެ އެވޯޑުވެސް ހިމެނެއެވެ. މި އެވޯޑުތަކަށް "ގުލާމް" ނޮމިނޭޓްވެފައިވާއިރު، ފިލްމަށް ލިބިފައި ވަނީ ބެސްޓް ސީން އޮފް ދަ އިޔާރ އެވޯޑެވެ.

72 މިލިއަން ރުޕީސް އިން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި 242 މިލިއަން ރުޕީސް ލިބިފައިވެއެވެ.