ޚަބަރު

އޮސްކާގައި ލޭޑީ ގާގާގެ "ނޯމޭކަޕް ލުކް" އަށް ގިނަ ބައެއްގެ ސަމާލުކަން


މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އެމެރިކާގެ ލޮސް އެންޖަލިސްގައި ބޭއްވި 95 ވަނަ އެކަޑަމީ އެވޯޑް، އޮސްކާ އަށް މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ދިޔައީ އެއްވެސް ވަރަކަށް މޭކަޕް ނުކޮށެވެ.

މި ހަފްލާގައި ގާގާ ނޮމިނޭޓްވި "ޓޮމް ގަން މެވެރިކް" ގެ ލަވަ "ހޯލްޑް މައި ހޭންޑް" ކިޔައިދޭން ގާގާ އެ ހަފްލާ އަށް ދިޔައީ ކަޅު ކުލައިގެ ކެޝުއަލް ޓީޝާޓަކާއި ރިޕްޑް ޖީންސަކާއިއެކު އެއްވެސް ވަރަކަށް މޭކަޕް ނުކޮށެވެ.

ލަވައިގެ ކުރިން އެ ހަފްލާގައި ގާގާ ވަނީ ވަސާޗޭ ބްރޭންޑްގެ ގައުންއެއްގައި ފެނިފައެވެ. އޭރު ގާގާ ހުރީ ވަރަށް ރީތި މޭކަޕެއްގައެވެ. މިއާއެކު ގިނަ ބަޔަކު ވަނީ ގާގާ އެހާ އަވަހަށް މޭކަޕް ރިޕޯވް ކުރީ ކިހިނެއްތީ ސުވާލުވެސް ކޮށްފައެވެ.

ގާގާ އާއި ބެހޭގޮތުން އެންމެ ފަހުން އިވުނު ޚަބަރަކީ ޖޯކިން ފީކިންސްގެ ކާމިޔާބު ސައިކޮލޮޖިކަލް ތްރިލާ "ޖޯކާ" ގެ ދެވަނަ ބައިގެ ރޯލެއް ގާގާ އަށް ހުށަހެޅި ޚަބަރެވެ.

ގާގާ، 35، ބަތަލާއެއްގެ ގޮތުގައި ވިދުން ގަދަކޮށްދިން ފިލްމަކީ އޮސްކާ އެވޯޑްސްގައި ވެސް ވިދި އެކްޓަރު/ޑައިރެކްޓަރު ބްރެޑްލީ ކޫލާގެ 2018 ގެ ފިލްމު "އަ ސްޓާ އިޒް ބޯން" އިންނެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ "ހައުސް އޮފް ގުޗީ" ގައި ވެސް އޭނާ ވަރުގަދަ ރޯލެއް ކުޅެފައިވެއެވެ.