ޚަބަރު

"ދަ ލިޓްލް މާމެއިޑް" ގެ ޓްރެއިލާ ދައްކާލައިފި


ލައިވް އެކްޝަން ފިލްމެއްގެ ގޮތުގައި ޑީޒްނީ އިން ގެނެސްދޭން ނިންމާފައިވާ "ދަ ލިޓްލް މާމެއިޑް" ގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.

ގިނަ ބަޔަކު މިއަހަރު އެންމެ އިންތިޒާރު ކުރާ މި ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކާލީ 95 ވަނަ އޮސްކާ އެވޯޑް ހަފުލާގެ ތެރޭގައެވެ.

އެގޮތުން މައިގަނޑުގައި ކާސްޓް ކަމަށްވާ އަދި ޓައިޓްލް ރޯލު ކުޅުނު ހެލީ ބެއިލީ އާއި މެލީސާ މެކާތީ ސްޓޭޖް މަތީގައި "ލިޓްލް މާމެއިޑް" ގެ ޓްރެއިލާ ޕްރެޒެންޓްކޮށް ދިނެވެ.


އަންނަ މެއި މަހުގެ 26 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ދަ ލިޓްލް މާމެއިޑް" އަކީ ރޮބާޓް މާޝަލް ޑައިރެކްޓްކޮށް 1989 ވަނަ އަހަރު ޑިޒްނީ އިން ދެއްކި އެނިމޭޓެޑް މިއުޒިކަލް ކްލެސިކްގެ ލައިވް އެކްޝަން ވާޝަންއެވެ.

މީގެ ކާސްޓްގައި ޖޮނާ ހެޔާ-ކިންގް، ޖޭވިއާ ބާޑެމް، އޯކަފީނާ، ނޯމާ ޑުމޭޒްވެނީ، އާޓް މަލިކް އަދި ލޮރެންޒާ އެންޑްރިއާ ހިމެނެއެވެ.