ޚަބަރު

ފުލުުހުންގެ ކާރަކާއި ސައިކަލެއްޖެހި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް


ބްރިޖް އެއަރޕޯޓް ލައިޓްކައިރީގައި، ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 07:50ހާއިރުއެވެ.

ފުލުހުން ބުނެފައިވަނީ އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައިވާކަމަށާއި، އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި އެކްސިޑެންޓްގައި އެކްސިޑެންޓްވި ސައިކަލާއި ފުލުންގެ ކާރަށްވެސް ބޮޑެތި ގެއްލުންވެފައިވެއެވެ. ފޮޓޯއިން ފެންނަ ގޮތުގައި ސައިކަލު އޮތީ ކާރު މައްޗަށް ފުރޮޅިފައެވެ. އަދި ސޯޝަލް މީޑިއާއިން ފެންނަ މަންޒަރުތަކުގައި، ސައިކަލު ދުއްވަން އިން މީހާ، ހައިވޭ މަތީގައި ވެއްޓިފައި އޮތް ތަން ފެނެއެވެ.

ދާދިފަހުންވެސް، ހައިވޭއާއި ބްރިޖް ގުޅޭ ހިސާބުގައި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، މީހަކު ވަނީ މަރުވެފައެވެ. މި އެކްސިޑެންޓް ވެފައިވަނީވެސް ކާރަކާ ސައިކަލެއް ޖެހިއެވެ.