ޚަބަރު

މިފަހަރުގެ މެޓް ގާލާ ހަފްލާގެ ދައުވަތު ކާޑޭޝީއަން ޢާއިލާ އަކަށް ނުދޭ؟


ވޯގް މަޖައްލާ އިން ބާއްވާ ފެޝަން ދުނިޔޭގެ އެންމެ ބޮޑު އިވެންޓް މެޓް ގާލާގެ ހަފްލާ ގައި، ސޯޝަލް މީޑިއާ އިންފްލުއެންޒާ އަދި މޮޑެލް ކިމް ކާޑޭޝިއަން އަކީ އަބަދުވެސް ވަރަށް ފާހަގަވާ ތަރިއެކެވެ.

ނަމަވެސް މިއަހަރުގެ މެޓް ގާލާ ހަފްލާ އަށް ކިމް އާއިލާ ކަމަށްވާ ކާޑޭޝިއަން އާއިލާގެ އެކަކަށްވެސް ދައުވަތު ނުދޭކަ ކަމަށް މީޑިއާތަކުން މިވަނީ ރިޕޯޓުކޮށްފައެވެ. އެހެންވެއްޖެނަމަ، މިއަހަރު ވާނީ ދުވަސްގަޑަކަށްފަހު މެޓް ގާލާ އިން ކިމް ނުފެންނާނެ ފުރަތަމަ ފަހަރަށެވެ.

ހޮލީވުޑް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މެޓް ގާލާގެ ކޯ-ޗެއާ އަދި ވޯގް މަޖައްލާގެ އެމެރިކާ އެޑިޝަންގެ އެޑިޓަރު-އިން ޗީފް އަނާ ވިންޓޯ، މި އިވެންޓުގެ ހާޒިރީން ހޮވާފައިވަނީ ވަރަށް ބަލައިގެންނެވެ.

އެހެންވެ، ރިއަލިޓީ ޓީވީ ޝޯވއިން ވިދާލި އެ ޢާއިލާ، އަންނަ މެއި މަހު ބާއްވާ މެޓް ގާލާ 2023 ގައި ބައިވެރިވާނެކަމުގެ އެއްވެސް ޔަޤީންކަމެއް މިވަގުތު ނެތް ކަމަށް، ގިނަ ނޫސްތަކުން ބުނެއެވެ.

އެހެންނަމަވެސް ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އަނާ އާއި ކިމްގެ ގުޅުން ގޯސްވެފައި އޮންނަތާ މިހާރު ދުވަސްގަޑެއްވެއްޖެއެވެ. އެހެން ބޮޑަށް ބެލެވެނީ އަނާ ގަސްދުގައި ކިމް އަށް ދައުވަތު ނުދިނީ ކަމަށެވެ. ނަމަވެސް ކިމް އާއި އޭނާގެ ކުރީގެ ފިރިމީހާ ކާންވޭ ވެސްޓް ވަނީ 2014 ވަނަ އަހަރު ވޯގު ކަވާ އަށް އަރާފައެވެ.

އެންމެ ފުރަތަމަ ކާޑޭޝިއަން-ޖެނާ ޢާއިލާގެ މީހަކު މެޓް ގާލާގައި ބައިވެރިވީ 2013 ވަނަ އަހަރެވެ. އެއީ މަޝްހޫރު އިންފްލުއެންސާ އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަންއެވެ. އޭގެ ފަހުން، ފާއިތުވި 10 އަހަރު ދުވަހު ބޭއްވި ހުރިހާ މެޓް ގާލާއަކުންވެސް އެ ޢާއިލާގެ މީހަކު ފެނެއެވެ.

މިދިޔަ އަހަރުގެ މެޓް ގާލާއަކީ، އެ ޢާއިލާގެ މަޝްހޫރު ހުރިހާ އެންމެން ބައިވެރިވި ފުރަތަމަ ފަހަރެވެ. ކުލަ ގަދަ، ތަފާތު ހެދުންތަކާއެކު، އަލަށް މެޓް ގާލާގައި ބައިވެރިވި ކްލޯއީ ކާޑޭޝިއަން އަދި ކޯޓްނީ ކާޑޭޝިއަންގެ އިތުރުން، ކިމް އާއި ކެންޑަލް ޖެނާ އަދި ކައިލީ ޖެނާއާއެކު އެ އެންމެންގެ މަންމަ، ކްރިސް ޖެނާ ވެސް މެޓް ގާލާ 2022 ގައި ބައިވެރިވިއެވެ.