ކުޅިވަރު

2 މިލިއަނަށް ވުރެއް ބޮޑު ބަޖެޓެއް ހޭންޑްބޯލްއިން ފާސްކޮށްފި


ހޭންޑްބޯލް މޯލްޑިވްސް އިން ދެ މިލިއަން ރުފިޔާއަށް ވުރެއް ބޮޑު ބަޖެޓެއް މިއަހަރަށް ފާސްކޮށްފިއެވެ. މިއީ ފާއިތުވިއަހަރަށް ވުރެއް ދެ ގުނަ ބޮޑު ބަޖެޓެކެވެ.

ހޭންޑްބޯލް އެސޯސިއޭޝަންއިން މިއަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައިވަނީ  2،291،100 ރ. (ދެމިލިއަން ދެލައްކަ ނުވަދިހަ އެއްހާސް އެއް ސަތޭކަ) ދިވެހި ރުފިޔާއެވެ. މިބަޖެޓްއަކީ މިދިޔަ އަހަރުގެ ބަޖެޓަށް ވުރެ 1.2 މިލިއަން ރުފިޔާގެ އިތުރު ބަޖެޓެކެވެ. ހޭންޑްބޯލް މޯލްޑިވްސްގެ މިއަހަރަށް ލަފާކުރާ ބަޖެޓު ފާސްކޮށްފައިވާ އިރު އެ ޖަމިއްޔާ އިން ވަނީ މިއަހަރު ފައިސާ ހަރަދުކުރާނެ ކަންތައްތަކާ ބެހޭ ގޮތުގެ ތަފްސީލް ވެސް އާންމު ކޮށްފައެވެ.

 މިބަޖެޓްގަ ތެރެއިން ގިނަ ފައިސާތަކެއް އަންނާނެކަމަށް އެޖަމިއްޔާއިން ލަފާކޮށްފައިވަނީ ސްޕޮންސަރުންނާ އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކުގެ އެގހީތެރިކަމާއެކުގައެވެ. އަދި ދިވެހި ސަރުކާރުންވެސް މިބަޖެޓަށް ފައިސާ ދޭނެކަމަށް ހޭންޑްބޯލް އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ. މިބަޖެޓަކީ ޕްރޮގްރާމް ބަޖެޓެއް ކަމަށާއި، މި ބަޖެޓުގެ ސަބަބުން ވަރަށް ގިނަ ހަރަކާތްތަކެއް މިއަހަރުގެ ތެރޭގައި އެ ޖަމިއްޔާއިން ކުރިއަށްގެންދާނެ ކަމަށް އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ. 

މިބަޖެޓްގައި ހިމަނާފައިވާ ބައެއްކަންތަށްތަކަށް ބާލާލާއިރު:

ރާއްޖޭގައި ހިންގާ މުބާރާތްތަށް ހިންގުމަށް ތިން ލައްކައަށް ވުރެއް ގިނަ ރުފިޔާ. ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް ދެލައްކައަށް ވުރެއް ގިނަ ރުފިޔާ. ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެއް މިލިއަނަށް ވުރެއް ގިނަ ރުފިޔާ.

ހޭންޑްބޯލް އެސޯސިއޭޝަންއިން ފާހަގަކުރާގޮތުގައި މިބަޖެޓްގެ ސަބަބުން މިއަހަރު ގިނަ ހަރަކާތްތަކެއް މާލެއާ އަތޮޅު ތެރޭގައި ހިންގޭނެއެވެ.