ޚަބަރު

އެމްއައި ކޮލެޖުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިންގައިފި




އެމް އައި، ކޮލެޖުގައި ކިޔަވާ ދަރިވަރުން ލޭ ހަދިޔާކޮށްފިއެވެ.

އެކޮލެޖުގެ ދަރިވަރުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ތެލެސީމިއާ ސެންޓަރުގައެވެ.

އެކޮލެޖުން ބުނީ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިންގުމުގެ މަޤްސަދަކީ، ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް. އެމްއައި، ކޮލެޖުގެ ޗެއާރމަން އަޙުމަދު މުއްތަކިން ވިދާޅުވީ، މި ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް އެކޮލެޖުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މީގެ ބޭނުމަކީ ޒުވާނުން ޚާއްސަކޮށް ލޭ ހަދިޔާ ކުރުމަށް ބާރު އެޅުއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.



ޕީއެސްއެމްއާ ވާހަކަދައްކަމުން އެމްއައި ކޮލެޖަށް ލޭ ހަދިޔާ ކުރި ބައެއް ދަރިވަރުން ބުނީ، އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާކުރެވުނިތީ އެމީހުން އުފާ ކުރާ ކަމަށެވެ.

ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްގައި އެކޮލެޖުގެ ސަތޭކަ ދަރިވަރުން ލޭ ހަދިޔާކުރާގޮތަށް ހަމަޖެހިފައިވާކަމަށް އެ ކޮލެޖުން މައުލޫމާތު ދޭ. މީގެ ތެރޭގައި އެކޮލަޖަށް ހެޔޮއެދޭ ފަރާތްތަށް ވެސް ހިމެނޭ ކަމަށް މައި ކޮލެޖުން ބުނެއެވެ.