ޚަބަރު

ހޯމް މިނިސްޓަރ އުމަރު ނަޞީރު މަޤާމުން އިސްތިއުފާ ދެއްވައިފި


ހޯމް މިނިސްޓަރ އުމަރު ނަޞީރު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

އުމަރު ނަޞީރު މަޤާމުން އިސްތިއުފާދެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އިސްތިއުފާދެއްވިކަން ހާމަކުރައްވާ އުމަރު ނަޞީރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޚިދްމަތް ކުރެއްވުމަށް ދެއްވި ފުރުޞަތަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާކަމަށެވެ. އެހެންނަމަވެސް އިސްތިޢުފާދެއްވި ސަބަބެއް އޭނާ ހާމަކުރައްވާފައެއްނުވެއެވެ.

tw:https://twitter.com/UmarNaseerPPM/status/745281721017339904

ހޯމް މިނިސްޓަރުގެ މަޤާމުން އުމަރު ނަޞީރު އިސްތިއުފާދެއްވާފައިމިވަނީ  މޮނިކޮމް އަމުރު ނެއްރުވުމަށް ޤާނޫނުން އުމަރުން ނަޞީރަށް ދެއްވާފައިވާ ބާރު ހަނިކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ހޯމް މިނިސްޓަރކަމުގެ މަޤާމުން ޢުމަރު ނަޞީރު އިސްތިޢުފާދެއްވުމުން ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމާއި ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއަރގެ މަގާމުވެސް ހުސްވީއެވެ.