ދުނިޔެ

ޒިކާ ވައިރަސްގެ ސަބަބުން ދިމާވާ ސިއްޚީ މައްސަލަތައް


ޒިކާ ވައިރަސްގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތައް ކޮންޓްރޯލްވުމުގެ ކުރިން ކަންތައްތަކެއް ގޯސްވެގެން ހިނގައިދާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ވެރިޔާ މާގްރެޓް ޗެން ވިދާޅުވެއްޖެއެވެ.

ބްރަޒިލްގެ ރިއޯޑިޖަނެއިރޯގައި ވާހަކަދައްކަވަމުން މާގްރެޓް ޗެން ވިދާޅުވީ ބްރަޒިލްއިން އޭނާއަށް ފެނިވަޑައިގެންނެވި މައިކްރޯސެފަލީގެ ޙާލަތްތަކަކީ ޒިކާ ވައިރަސްގެ ސަބަބުން ކުރިމަތިވި ޙާލަތްތަކެއް ކަމަށް ބެލެވޭކަމަށެވެ. މައިކްރޯސެފަލީއަކީ ބޮލުގެ އެތެރޭގެ ޓީޝޫތައް ހަލާކުވުމާއެކު ބޮލުގެ ނާށިގަނޑު އައިބުވުމުގެ ބައްޔަށް ކިޔާ ނަމެކެވެ.

ބްރަޒީލްގައި މިބަލިޖެހިފައިވާ ކުދިން ތިބި ސަރަޙައްދަކަށް ޗެން ޒިޔާރަތް ކުރައްވާފައިވެއެވެ. ޒިކާ ވައިރަސް ކޮންޓްރޯލްކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޗެން ވިދާޅުވިއެވެ. ނަމަވެސް އެހިސާބަށް ދިޔުމުގެ ކުރިން ކަންތައްތަކެއް ގޯސްވެގެން ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ފަހުން ކަންތައްތައް ރަނގަނޅު ވެގެންދާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.