ޚަބަރު

ވަރުން އާއި އަނުޝްކާގެ "ސުއި ދާގާ" ޗައިނާ ސިނަމާތަކަށް


2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދެއްކި ފިލްމު "ސުއި ދާގާ:މޭޑް އިންޑިއާ" ޗައިނާ ސިނަމާތަކުގައި އަޅުވަން ނިންމައިފިއެވެ.

ބަތަލާ އަނުޝްކާ ޝަރުމާ އާއި އެކްޓަރު ވަރުން ދަވަން އެކުގައި ފުރަތަމަ ފަހަރަށް ފެނުނު މި ފިލްމު ޗައިނާގައި ރިލީޒްކުރާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. ގިނަ ބައެއްގެ ތަރުޚީބު ލިބުނު މި ފިލްމު ޗައިނާގައިވެސް ވަރަށް މަޤުބޫލު ފިލްމަކަށްވާނެ ކަމަށް ފިލްމު އުފެއްދި ޔާޝް ރާޖް ފިލްމްސް، ވައި.އާރް.އެފް އިން ބުނެއެވެ.

"ސުއި ދާގާ: މެޑް އިން އިންޑިއާ" އިން ފެނިގެން ދިޔައީ ނޭޝަނަލް އެވޯޑް ލިބިފައިވާ ޑްރީމް-ޓީމް ކަމަށްވާ ޑައިރެކްޓަރު ޝަރަތު ކަޓަރިއާ އާއި ޕްރޮޑިއުސަރު މަނީޝް ޝަރްމާއެވެ. މި ޓީމަކީ 2015 ވަނަ އަހަރު ދެއްކި "ދަމް ލަގާ ކޭ ހައިޝާ" އިން މަޝްހޫރުކަން ހޯދާފައިވާ ޓީމެވެ.

އަދައިގެ ފަހާ މީހެއްގެ ރޯލުން ވަރުން ފެންނަ މި ފިލްމަކީ ވަރުންގެ ވައިއާރްއެފް ފުރަތަމަ ފިލްމެވެ. ނަމަވެސް އަނުޝްކާ ބޮލީވުޑަށް ތަޢާރަފްވީ ވައިއާރްއެފްގެ "ރަބް ނޭ ބަނާ މިލާދީ ޖޯޅީ" އިންނެވެ.