ހދ. ވައިކަރަދޫ ކައުންސިލުން ހުސްވެފައިވާ އަންހެން ކައުންސިލަރުގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރަން ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބުކޮށްފިއެވެ.
މި އިންތިހާބުގައި ވާދަކޮށްފައިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ދެ ކެނޑިޑޭޓުންނެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރި ކެނޑިޑޭޓް ފާތިމަތު ޝިޒުނާއަށް ލިބުނީ 283 ވޯޓެވެ. އަދާލަތު ޕާޓީގެ ކެނޑިޑޭޓް ފަތިމަތު ނަޒުލާއަށް ލިބުނީ 258 ވޯޓެވެ.
ހދ. ވައިކަރަދޫ ކައުންސިލުން ހުސްވެފައިވާ އަންހެން ކައުންސިލަރުގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމުގެ އިތުރުން އެރަށު އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީގެ ގޮނޑިއެއްގެ ބައި އިލެކްޝަންވެސް މިއަދު ބޭއްވިއެވެ.
އެމްޑީޕީގެ ކެނޑިޑޭޓް ރަމްޒިއްޔާ އިބްރާހީމާއި ވާދަކޮށް އެ ބައި އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އަދާލަތު ޕާޓީގެ ކެންޑިޑޭޓް ފާތިމަތު ޒުނައިނާއެވެ. އޭނާއަށް 376 ވޯޓު ލިބިފައިވާއިރު އެމްޑީޕީގެ ކެންޑިޑޭޓް ރަމްޒިއްޔާ އިބްރާހީމަށް ލިބުނީ 163 ވޯޓެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހދ. ވައިކަރަދޫއަކީ އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ތާއީދުކުރާ މެމްބަރުން ގިނަ ރަށެކެވެ.