ވިޔަފާރި

ދިރާގުން ޑިވިޑެންޑްގެ ގޮތުގައި 4.69 ރުފިޔާ ބަހަން ނިންމައިފި


ދިރާގުގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ފަހު ޑިވިޑެންޑްގެ ގޮތުގައި ޙިއްޞާ އަކަށް ހަތަރު ރުފިޔާ ފަސްދޮޅަސް ނުވަލާރި ބަހަން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.ދިރާގުން ޙިއްސާ އަށް ފައިދާ ބަހަނީ އަހަރަކު ދެފަހަރުއެވެ. މިދިޔަ އަހަރު އެންމެފަހުން ދީފައިވާ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ބަހަން ބޯޑުން ފާސްކުރި 4.69 ލާރިއާއެކު ހިއްސާއަކަށް މުޅިއެކު މިދިޔަ އަހަރު ޖުމްލަ 9.53 ލާރި ޖެހިފައިވެއެވެ. ދިރާގުގެ މިދިޔަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 4.84 ލާރި ބަހާފައިވެއެވެ. އަދި މިދިޔަ އަހަރުގެ ފަހު ޑިވިޑެންޑް ގޮތުގައި ޖުމްލަ 356 މިލިއަނަށްވުރެ ގިނަ ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބަހަން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވެއެވެ.މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ޖުމްލަ 724 މިލިއަން ރުފިޔާ ހިއްސާދާރުން ލިބޭނެކަމަށް ދިރާގުން މައުލޫމާތުދެއެވެ. ފަހު ޑިވިޑެންޑްގެ ގޮތުގައި ބަހަން ކަނޑައެޅި މިންވަރު ދެން އޮންނަ އަހަރީ ޖަލްސާއަށް ހުށަހަޅާނެކަމަށް ދިރާގުން ބުނެފައިވެއެވެ. މިދިޔަ އަހަރުގެ އިންޓަރިމް ޑިވިޑެންޑް ގޮތުގައި ބަހަން ކަނޑައެޅި މިންވަރު ދިރާގުން ވަނީ ހިއްސާދާރުންނަށް ބަހާ ނިންމާފައެވެ.