ޚަބަރު

މީދަލުގެ އުނދަގޫ ބޮޑުވެ ބްރޯޑްކޮމް މިއަދު ބަންދު


ބްރޯޑްކާސްޓިން ކޮމިޝަނުގައި ޕެސްޓް ކޮންޓްރޯލް މަސައްކަތެއްކުރުމަށް އެކޮމިޝަން މިއަދު ބަންދުވާނެކަމަށް ވިދާޅުވެއްޖެއެވެ.

ބްރޯޑްކޮމުން ނެރެފައިވާ ބަޔާނެއްގައި ވަނީ އެކޮމިޝަން ހިންގަމުން އަންނަ g.ބިއްލޫރިޖެހިގޭ ޢިމާރާތުގައި މީދާ ގިނަވެ، އެކަމުގެ ސަބަބުން އުނދަގޫވެ ކޮމިޝަނުގެ މަސައްކަތްތަކަށް ބުރޫއަރަމުންދާކަމަށެވެ. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ބްރޯޑްކޮމްއިން ނެރުނު ބަޔާނުގައިވެއެވެ.

އެހެންކަމުން މިއަދަކީ އެކޮމިޝަންގެ މުވައްޒަފުންނަށް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާކަމަށްވެސް ބްރޯޑްކޮމުން ވިދާޅުވިއެވެ. އަދި އޮފީސް ހުޅުވައިގެން އެއްވެސް ޚިދުމަތެއް ނުދޭނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.