ވިޔަފާރި

ކާށިދޫގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅަނީ


ކާށިދޫގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ބިނާކުރައްވައި އެރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ކާށިދޫ ކައުސިލުން ހާމަކުރައްވައިފިއެވެ.ކާށިދޫ ކައުސިލުން ވިދާޅުވީ، އެ ރަށުގައި ސިޓީ ހޮޓަލެއް އެޅުމުގެ ހުއްދަ މިހާރު ޓޫރިޒަމް މިނިސްޓްރީން ދެއްވާފައިވާ ކަމަށާއި ސިޓީ ހޮޓާ އަޅައިދޭނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމުގައެވެ. ކާށިދޫގައި ސިޓީ ހޮޓަލެއް އެޅުމަށް ހަމަޖެހިފައިވަނީ، އެރަށުގެ ހުޅަނގު ދެކުނު ފަރާތުގައި 200,000 އަކަފޫޓްގެ ބިމެއްގައެވެ. މި ސިޓީ ހޮޓާ އަޅައިދޭ ފަރާތާއެކު ރަށުގެ ދަތުރުފަތުރުގެ ނިޒާމް ވަރުގަދަކުރުމަށް އެއްބަސްވުމަކަށް އައުމަށް މިހާރު ނިންމަވާފައިވާ ކަމަށްވެސް ކާށިދޫ ކައުންސިލުން ވިދާޅުވެއެވެ.މި ސިޓީ ހޮޓަލްގެ ސަބަބުން ކާށިދޫގައި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށާއި މިއީ ރަށުގެ އިޤްތިޞާދު ކުރިއަރުވަންވެސް އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެކަމަށް ކާށިދޫ ކައުންސިލުން ވިދާޅުވިއެވެ. ކާށިދޫގައި ސިޓީ ހޮޓަލެއް އެޅުމަށް ތައްޔާރުވަމުންދާއިރު، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ކާށިދޫގައި ދެ ގެސްޓްހައުސް ރަޖިސްޓްރީކުރެވި ހިންގަން ފެށޭނެ ކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.