ކުޅިވަރު

ސާއިދުއަށް މާދަމާ މެޗުގެ ވީވީއައިޕީ ޓިކެޓެއް ދީފި


އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ސިންގަޕޫރުގެ ބަލެސްޓިއާ ޚަލްސާއާ ދެކޮޅަށް ކުޅޭ މެޗުގެ ވީވީއައިޕީ ޓިކެޓެއް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ދީފިއެވެ.މެޗުގައި ވާދަކުރާ ރާއްޖޭގެ ނިއުރޭޑިއަންޓުން ރާއްޖޭގެ އެންމެ ކާމިޔާބު އެތްލީޓަށް ވީވީއައިޕީ ޓިކެޓް ދިނީ އޭނާއަށް އިޚްތިރާމްކޮށް، ކްލަބުން ޚާއްޞަ ދައުވަތެއް ދިނުމުގެ ގޮތުންކަމަށް ނިއުރޭޑިއަންޓުން މައުލޫމާތުދެއެވެ. ސާއިދުއާއި މިއަދު ޓިކެޓް ހަވާލުރީ ރަސްމީ ދަނޑުގައި މިއަދު ހަވީރު އޮތް އެޓީމްގެ ޕްރެކްޓިސްގެ ތެރޭގައި ކްލަބްގެ ބޯޑު މެމްބަރު އައިޝަތު ނާޒިމާއެވެ. " އިންވިޓޭޝަނެއް ދިނީ، އެއީ ރާއްޖޭގެ އެންމެ ކާމިޔާބު އެތްލީޓަށްވާތީ. އަނެއްކާ ސާއިދުއަކީ ނިއުރޭޑިއަންޓްގެ ސަޕޯޓަރެއް. " ޓިކެޓް ހަވާލުކުރުމަށްފަހު ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކެޓްރީ އަލީ ޝަމީމް ބުންޏެވެ.ސާއިދުއަކީ ރާއްޖޭއަށް އެންމެ ގިނަ ކާމިޔާބު ގެނެސްދީފައިވާ އިންޑިވިޖުއަލް އެތްލީޓެވެ. އޭނާވަނީ 2008 ވަނަ އަހަރު ލޯ މެޑަލް ހޯދި ރިލޭ ޓީމްގައި ދުވެފައެވެ. އަދި މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑެއްޔަކާއި، ރިހި މެޑެއްޔެއް ހޯދައިދީފައެވެ. މިމަހު ނިމުނު ސައުތް އޭޝިއަން ގޭމްސްގައިވެސް އޭނާ ދެ ރިހި މެޑަލް ހޯދައިދީ، އޭގެ ފަހުންވެސް އޭޝިޔާގެ ދުވުންތެރިންނާއި ވާދަކޮށް 60 މީޓަރުގައި 5 ވަނަ ހޯދިއެވެ.