އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މައޭމީ ހީޓާ ދެކޮޅަށް ކުޅުނު މެޗު ޑެންވާ ނަގެޓްސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ނަގެޓްސްއިން ކާމިޔާބު ކޮށްފައިވަނީ 112 ޕޮއިންޓް 108 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 27 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ހިޓްގެ ޖިމީ ބަޓްލަރވަނީ 24 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދި 9 އެސިސްޓް ކޮށްފައެވެ.
މިމުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 135 ޕޮއިންޓް 126 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއަރސްއެވެ. މިމެޗްގައި ވޮރިއަރސްގެ އެނޑްރޫ ވިގިންސްވަނީ 29 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ވިޒަޑްސްގެ ކްރިސްޓަޕްސް ޕޯޒިންގީސްވަނީ 34 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ.
މީގެއިތުރުން ފިލަޑެލްފިއާ ސެވްނަޓީ ސިކްސަރސް އާއި ހިުއސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޖޭމްސް ހާޑެންވަނީ 28 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ 10 އެސިސްޓް ކޮށްފައެވެ. އަދި ރޮކެޓްސްގެ ޖަލެން ގްރީން 29 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ.