ވިލާތުގެ އިއްތިޙާދުން އެއްވެސް ޤައުމެއް ވަކިވާން ނޭދޭކަން ޗައިނާ ހާމަކޮށްފިއެވެ.ޗައިނާ ބޭނުންވަނީ އެއްބައިވަންތަ ޤައުމުތަކެއްގެ ގޮތުގައި ވިލާތުގެ އިއްތިޙާދުގެ ޤައުމުތައް އޮތުންކަމަށާއި ބައިނަލްއަޤްވާމީ މަސްރަޙުގައިވެސް ވިލާތުގެ އިއްތިޙާދުން މުހިއްމު ދައުރެއް އަދާކުރުން ކަމަށް ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ހުވާންޝޫ ޔިންގް ވިދާޅުވިއެވެ. ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމާމެދު އަންނަ ޖޫންމަހު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިނގިރޭސި ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވެއްޖެނަމަ އެމެރިކާއާއި އެ އިއްތިޙާދާއި ދެމެދުގައިވާ އިގްތިސާދީ ބާރުގެ ތިލަފަތް އެމެރިކާ ކޮޅަށް ބުރަވެދާނެކަމުގެ ބިރު ޗައިނާ އިޙްސާސް ކުރާކަމަށް މުރާސިލުން ބުނެއެވެ.