ކުޅިވަރު

ވިމެންސް ޓީ20 ވޯލްޑް ކަޕް: އަޔަލަންޑް އަތުން އިންގްލަންޑަށް މޮޅެއް


އައިސީސީ ވިމެންސް ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ގްރޫޕް ދޭއްގައި އަޔަލަންޑާ ދެކޮޅަށް ކުޅުނު މެޗު އިންގްލަންޑުން ކާމިޔާބުކޮށްފިއެވެ.

މިމެޗް އިންގްލަންޑް ކާމިޔާބުކޮށްފައިވަނީ ހަތަރު ވިކެޓުންނެވެ.

މިމެޗްގައި ޓޮސް ދިމާވެގެން އަޔަލަންޑްއިން ގަސްދުކުރީ އެންމެ ފުރަތަމަ ކުޅުމަށެވެ. މިގޮތުން އަޔަލަންޑްއިން އެންމެ ފުރަތަމަ ކުޅެން އަރާ 18 އޯވަރު 2 ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 105 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި ގެބީ ލުއިސްއެވެ. މިއީނިންގްސްގައި އިންގްލަންޑްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 13 ލަނޑަށް ތިން ވިކެޓް ނަގަދިން ސޯފީ އެކްލްސްޓޯން އާއި ހަތަރު އޯވަރު 19 ލަނޑަށް ތިން ވިކެތް ނަގާދިން ސާރާ ގްލެންއެެވެ.

ޖަވާބުގައި އިންގްލަންޑުން ކުޅެން އަރާ 14 އޯވަރު 2 ބޯޅައަށް ހަ ކުޅުން ތެރިން ނުބައިވެގެން ވަނީ 107 ލަނޑު ހަދާ މެޗް ކާމިޔާބުކޮށްފައެވެ. އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 51 ލަނޑު ހަދާދިން އެޅިސް ކެޕްސީ އެވެ. އަޔަލަންޑް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު 15 ލަނޑަށް ތިން ވިކއޓް ނަގާދިން ކާރާ މަރީއެވެ.

މި މޮޅާއެކު އިންގްލަންޑް މިހާރު އުޅެނީ މިގްރޫޕްގައި މިހާތަަނަށް ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައެވެ. މިގްރޫޕްގައި އިންޑިއާ އުޅެނީ ކުޅުނު ހަމައެކަނި މެޗް ކާމިޔާބުކޮށްގެން ލިބުނު 2 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.